ދިވެހި ފުލުހުންގެ ހިދުމަތުގެ ނަން ބޭނުންކޮށްގެން ސްްކޭމް އީމެއިލްތައް ފޮނުވަމުންދާ މައްސަލަ ސަމާލުކަމަށް ގެންނަވައި، މިފަދަ އީމެއިލްތަކަށް ސަމާލުވުމަށް ފުލުހުންގެ ތަރުޖަމާނު އޭސީޕީ އަހްމަދު ޝިފާން އިލްތިމާސްކުރައްވައިފިއެވެ.
މީސްމީޑިއާ ޕްލެޓްފޯމް، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝިފާން ވަނީ އެފަދަ މެއިލްއެއްގެ މިސާލު ހިއްސާ ވެސް ކުރައްވައިފައެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ނުވަތަ ކޮމިޝަނަރ އޮފް ޕޮލިސްގެ ފަރާތުން އަންގާ އެންގުމެއް ކަމަށް ސިފަވާގޮތަށް ބައެއް ފަރާތްތަކަށް އީމެއިލް ތަކެއް ލިބެމުންދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބެމުންދާ ކަމަށް ޝިފާން ވިދާޅުވިއެވެ.
ދައުރު ވަމުންދާ އީމެއިލް ތަކަކީ އެ މިއައްސަސާއިން ފޮނުވަމުން ގެންދާ މެއިލްތަކެއް ނޫން ކަމަށް ޝިފާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިފަދަ މެއިލްތައް ފޮނުވުމަކީ މަކަރާއި، ހީލަތް ހަދައި އޮޅުވާލައިގެން ނަހަމަގޮތެއްގައި ފައިދާ ހޯދާ ފަރާތްތަކުން ބޭނުންކުރާ އާއްމު އުކުޅެއް ކަމަށެވެ. ވީމާ މިފަދަ މެއިލްތަކަށް ރިޕްލައިކޮށް، ހިމެނޭ ލިންކުތަކަށް ނުފިތުމަށް ޝިފާން އިލްތިމާސް ކުރެއްވިއެވެ.

