ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ އިތުރު 11 ބިދޭސީއަކު އިއްޔެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ބުނީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، މިއަދު ހެނދުނު ހުޅުމާލޭގެ 12 ތަނެއް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް މަސައްކަތްކުރަމުންދިޔަ 11 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮޮސްފައިވާ ކަމަށެވެ.

ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން، އިއްޔެވެސް ވަނީ މާލޭގެ ދެ ތަނެއް ބަލައި ފާސްކޮށްފައެވެ.

އޭގެތެރެއިން އެއް ތަނަކީ ގަވާއިދާ ހިލާފަށް ކާބޯތަކެތީގެ ވިޔަފާރި ކުރަމުންދާ ތަނެއްކަމަށާއި ”އިމިގްރޭޝަން ވޮޗް“ އަށް ލިބުނު މައުލޫމާތާއި ގުޅިގެން ބަލައި ފާސްކުރެވުނު ތަނެއް ކަމަށް އިމިގްށރޭޝަނުން މައުލޫމާތު ދެއެވެ.