މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ)ގެ ގަވަރުނަރުގެ މަގާމަށް އަހުމަދު މުނައްވަރު އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުން، ކުރީގެ ފިނޭންސް މިނިސްޓަރު މުނައްވަރު ގަވަރުނަރުގެ މަގާމަށް އައްޔަނު ކުރުމަށް ރުހުން ދީފައިވަނީ ވޯޓުގައި ބައިވެރިވި 78 މެންބަރުންގެ ވޯޓުންނެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން އިއްޔެ ވަނީ މުނައްވަރާ އިންޓަވިއު ކުރުމަށްފަހު ގަވަރުނަރުގެ މަގާމަށް އައްޔަނު ކުރުމަށް ފެންނަ ކަމަށް ފާސްކޮށްފައެވެ.
ގަވަރުނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަލީ ހާޝިމް މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ އެރުވުމަށް ފާސްކުރުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު، ގަވަރުނަރުގެ މަގާމުން އަލީ ހާޝިމް ވަކިކުރެއްވުމުންނެވެ.

