ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މ. އަތޮޅުގެ ފަސް ރަށަކަށް ކުރައްވާ ރަސްމީ ދަތުރުފުޅު މިއަދު ހެނދުނު ފައްޓަވައިފިއެވެ.

މި ދަތުރުގައި ރައީސް އެންމެ ފުރަތަމަ ވަޑައިގަންނަވާނީ، އެ އަތޮޅު ރަތްމަންދުއަށެވެ. މީގެ އިތުރުން މ. އަތޮޅު މަޑުއްވަރީ އާއި ދިއްގަރާއި ވޭވަށުގެ އިތުރުން އެ އަތޮޅުގެ އަތޮޅުވެރިކަންކުރާ ރަށް، މުއްޔަށް ވެސް ވަޑައިގަންނަވާނެ އެވެ.

ރައީސްގެ މި ދަތުރުގައި އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ބައެއް ރަށްރަށުގެ ރައްޔިތުންނާ ވެސް ބައްދަލުކުރައްވަން ހަމަޖެހިފައިވެއެވެ.

މި ދަތުރުފުޅުގައި ރަށްރަށުގައި ހިނގާ ޢުމުރާނީ ތަރައްގީގެ މަޝްރޫޢުތަކުގެ މަސައްކަތްތައް ކުރިއަށް ދާ ގޮތް ވެސް ރައީސް ބައްލަވާ ލައްވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.