މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ(އެމްޓީސީސީ) އާ ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ ތެރެއިން ޢަމަލީ މަސައްކަތް ފެށިފައިވާ އެއްވެސް މަޝްރޫޢެއް މަޑުޖައްސާލަން ސަރުކާރުން ނިންމާފައި ނުވާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، އެމްޓީސީސީން ކުރިއަށް ގެންދާ މަޝްރޫއުތައް ހުއްޓާލުމަށް އެކުންފުންޏަށް އަންގާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.
މިނިސްޓަރު މީސްމީޑިއާގައި ޕޯސްޓު ކުރައްވާ ވިދާޅުވީ، ސޮއިކޮށް އަމަލީ މަސައްކަތް ނުފެށިވާ މަޝްރޫއުތައް މިވަގުތައް ނުފަށައި، އަމަލީ މަސައްކަތް ފެށިފައިވާ މަޝްރޫއުތައް ނިންމުމަށް އިސްކަން ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
”މިގޮތަށް ނިންމި މައިގަނޑު ސަބަބަކީ މަޝްރޫއުތައް ކުރިއަށް ގެންދަން ބޭނުންވާ މިންވަރަށް ފާސްކޮށްފައިވާ 2024 ގެ ބަޖެޓުގައި ފައިސާ ހިމަނާފައިނުވުމެވެ.“ މިނިސްޓަރު ވިދާޅުވިއެވެ.
ސަރުކާރުން ހަރަދު ކުޑަ ކުރުމަށް ފިޔަވަޅުތައް އެޅިޔަސް، އެކަމުގެ ގެއްލުން ރައްޔިތުންނަށް ނުވާނެ ކަމަށް ސަރުކާރުގެ އިސް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.

