ހުޅުމާލެ ފޭސް 2ގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރު ވިނަރެސް ފުލެޓުތައް ކައިރީގައި ކަމަށާއި އަނިޔާވި މީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުން ބުނީ، މި ހާދިސާގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން ފިރިހެނާއަށް ކަމަށެވެ.

ސޯޝަލް މީޑިއާގައި މި އެކްސިޑެންޓްގެ ވީޑީއޯ ވަނީ އާއްމުވެފައެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުގައި އެކްސިޑެންޓްވީ ކޮންޓްރޯލުން ނެއްޓިގެން އައި ކާރެއް، މަގުގެ އެއްފަރާތުގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހިގެންނެވެ.
އެ މީހާ ވިއްސައިގެން ގޮސް، ވެއްޓޭ މަންޒަރު ވީޑިއޯއިން ފެނެއެވެ.
މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލާއި ކާރަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.