ހުޅުމާލެ ފޭސް ޓޫގައި ކާރަކާއި ސައިކަލެއް ޖެހި، އެކްސިޑެންޓުވި މައްސަލައިގައި، ބާރަށް ކާރު ދުއްވި މީހާ ހައްޔަރު ކޮށްފިއެވެ.
މި ނުރައްކާތެރި އެކްސިޑެންޓު ހިނގާފައި ވަނީ، ރަތް ކުލައިގެ ކާރެއް ކޮންޓްރޯލް ނުވެ، މަޑުކޮށްފައިވާ ސައިކަލެއްގައި ޖެހިގެންނެވެ. ފުލުހުން މިރޭ ބުނީ، މި މައްސަލައިގައި ހައްޔަރު ކުރީ އުމުރުން 25 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
މިއަދު ހިނގި މި ހާދިސާގައި އަނިޔާވި މީހާއަށް ފުރަތަމަ ފަރުވާ ދިނީ ހުޅުމާލެ ހޮސްޕިޓަލްގައެވެ. ނަމަވެސް، އެ މީހާއަށް މިހާރު ފަރުވާ ދެނީ އައިޖީއެމްއެޗްގައެވެ.
މިހާދިސާގެ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެފައިވާއިރު، ބާރު ސްޕީޑުގައި އައި ކާރެއް ކޮންޓްރޯލުން ނެއްޓި، މަގުގެ އެއްކައިރީގައި ސައިކަލެއްގައި މަޑުކޮށްލައިގެން އިން މީހާގެ ގައިގައި ޖެހުމުން، އެ މީހާ ވަރަށް ދުރަށް ވިއްސައިގެން ދާ މަންޒަރު ފެނެއެވެ.


އާންމު ސަރަހައްދުތަކުގައި ރޭސް ޖެހުމާއި، ގޯސްކޮށް އޯވަރޓޭކް ކުރުން، އަދި މޯބައިލް ފޯނު ބޭނުން ކުރުން އާންމުވެފައި ވަނީ ފުލުހުން ވެސް ތިބޭ ތަންތަނުގައި. ޒިބްރާކްރޮސް ބަލަހަަށްޓާ ބައެއްގެގޮތުގައި ފުލުހުން ތިބޭކަމާ މެންދުރު އަވީގައި ޓްރެފިކް ކަންކަމުގައި ނޫޅޭކަމީ ދެރަ ވަރު ކަމެއް.