ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ސިޔާސީ ވިސްނުން އަޖުމަ ބެލުމަށް އެޕާޓީގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ގޮވާލައްވައިފިއެވެ.

ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން، ކުރިން ޕީޕީއެމްގެ ޕީޖީ ލީޑަރަކަށް ހުންނެވި ނިހާން ވިދާޅުވީ ރައްޔިތުންނަށް އިހްލާސްތެރިކަމާއެކު ކަންތައްތަކެއް ކޮށްދޭނެ ފަރާތަކީ ކޮބައިތޯ ވިސްނަންޖެހޭ ކަަމަށެވެ.

”މިވަގުތު ވެއްޓިފައި މިއޮތް ހާލަތުން އަރައިގަނެ، ރަނގަޅު މަގަކަށް ދިވެހިރާއްޖެ، އިޖްތިމާއީ އަދި އެނޫންވެސް ކަންތައް ދީލާލާ، ރަނގަޅު ޓްރެކަށް ދިވެހިރާއްޖެ ގެންނަން ތަޖުރިބާ ވަރަށް މުހިންމު.“ ނިހާން ވިދާޅުވިއެވެ.

ނިހާން އިތުރަށް ވިދާޅުވީ ގާސިމަކީ މީހެއްގެ އެއްޗެއް ބޭނުންވާނެ، އަދި އެއްވެސް މީހަކަށް އަނިޔާވެރިވާނެ ބޭފުޅެއްވެސް ނޫން ކަމަށެވެ. ނިހާން ވިދާޅުވި ގޮތުގައި، ދިވެހިރާއްޖޭގެ ރައްޔިތުން، އަމާނާތްތެރި ބޭފުޅަކު ހޮވާނަމަ، ހޮވަން ޖެހޭނީ ގާސިމް ކަަމަށެވެ.

ނިހާން މިފަދައިން ވިދާޅުވެފައިވާއިރު، 2023 ވަަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ސިޔާސީ ޕާޓީތަކުން ތައްޔާރުވަމުން އަންނައިރު، ޖޭޕީންވެސް މިހާރު ވަނީ ކެމްޕެއިން ފަށާފައެވެ. ނަމަވެސް އެ ޕާޓީން، އަންނަ ރިޔާސީ އިންތިހާބުގައި ވަކި ކެންޑިޑޭޓަކު ނެރެގެން ވާދަ ކުރާނީތޯ، ނުވަތަ ބަޔަކާއެކު ކޯލިޝަން ހަދާނީތޯ އަދި ނިންމާފައެއް ނުވެއެވެ.