މާލޭގައި ހިންގި މާރާމާރީއެއްގައި ފަސް މީހަކު ހައްޔަރުކުރުމަށްފަހު ދޫކޮށްލައިފިއެވެ.
ފުލުހުން މިއަދު ބުނީ އަސްރަފީ މަގުގައި ބިދޭސީންތަކެއްގެ މެދުގައި މާރީއެއް ހިންގާފައިވާ ކަމަށް ރޭ 12:33 ގައި ރިޕޯޓުކުރި ކަމަށެވެ.
އެ މާރާމާރީގައި ދެ މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗްގައި ފަރުވާދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މާރާމާރިއާ ގުޅިގެން ފަސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، އެ އެންމެންވެސް މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.

