ހދ.ކުޅުދުއްފުށީގައި ދިވެހި އަންހެނަކު ބިދޭސީއެއްގެ އަތުން ފޭރުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފުލުހުންގެ ހިދުމަތުން މިރޭ ބުނީ ބަންގްލަދޭޝް ފިރިހެނެއްގެ އަތުން ފޭރުނު ދިވެހި އަންހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ މިއަދު ހަވީރުއެވެ. އެ އަންހެން މީހާ ފޭރުނީ ބިދޭސީ މީހާގެ ވޮލެޓެވެ.
އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
