އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ ރައީސްގެ މަގާމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ހޮވިވަޑައިގެންފިއެވެ.
އި
އްޔެ ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ގަލޮޅު އުތުރު ދާއިރާގެ ބައި އިލެކްޝަން ގައި ކުރީގެ މިނިސްޓަރު މާރިޔާއާ ވާދަކުރައްވާފައި ވަނީ އެމްޑީޕީގެ ޒުވާން މެންބަރު އައިކު އަހްމަދު އީސާއެވެ.
މާރިޔާއަށް 89 ވޯޓު ލިބިވަޑައިގެންނެވިއިރު، އައިކު އަށް ލިބިވަޑައިގަތީ 28 ވޯޓެެވެ.
އެމްޑީޕީގެ އިސް ސަފުގައި އިސްކޮށް ހަރަކާތްތެރިވަޑައިގަންނަވާ މާރިޔާ އަކީ އެ ޕާޓީގެ ޗެއާޕާސަން ކަމުގެ މަގާމު ވެސް ފުރުއްވި ފަރާތެކެވެ.
މާރިޔާ ވަނީ ނިމިދިޔަ ސަރުކާރުގައި ޑިފެންސް މިނިސްޓަރު ކަމުގެ މަގާމު އަދާކުރައްވާފައެވެ.


ގައުމު ހިފޭނެ ކަމަށް ބުނެ، ޤާނޫނު އަސާސީއަށް ކޮޅަށްއަރާ، ރާއްޖޭގެ ކަޑު އިންޑިޔާ ތަނެއްކަމަށްބުނެ ، ދިވެހި ސިފައިންނަށް ފިދަނައަށްގޮވާ މިވަރުގެ މީހަކު އަދިވެސް ދާއިރާތަކަށް ކުރިމަތލާން ލަދެއް ނުގަނޭތަ