ވީރާނާވެފައިވާ ގެއެއްގައި ވިޔަފާރިއަށް ކާބޯތަކެތި ތައްޔާރު ކުރަމުން ދިޔަ ތިން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
އިމިގްރޭޝަންއިން ބުނީ ކާބޯތަކެތި ތައްޔާރުކުރަމުނދިޔަ އެ ގެ ބަލައި ފާސްކޮށްފައި ވަނީ ”އިމިގްރޭޝަން ވޮޗް“އަށް ލިބުނު ރިޕޯޓަކާ ގުޅިގެން ކަމަށެވެ.

ބިދޭސީން ކާބޯތަކެތި ތައްޔާރު ކުރަމުންދިޔަ ތަން
އެގޮތުން ދިރިނޫޅެވޭ ވަރަށް ބައުވެ ވީރާނާވެފައިވާ ގެއެއްގައި، ވިޔަފާރިއަށް އެކިކަހަލަ ކާބޯތަކެތި ތައްޔާރުކުރަމުންދާ ކަމަށް ބުނެ ހުށަހެޅި މި މައްސަލައާ ގުޅިގެން މިއަދު ހެނދުނު މާލެ ސަރަހައްދުން ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
އަދި ގަވާއިދާ ހިލާފަށް އެތަނުގައި ދިރިއުޅެމުންދިޔަ 3 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
