އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރާއި ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ދެބޭފުޅުން ލޮނުޒިޔާރަތް ޕާކުގައި ގަހެއް އިންދަވައިފިއެވެ.
އެ ދެބޭފުޅުން އިންދެވީ ކާމަރަނގަ ގަހެކެވެ.
ަމިކަން ހާމަކުރައްވައި އެންވަޔަރްމަންޓް މިނިސްޓްރީން ބުނީ، އެ ގަހަކީ ރާއްޖެއިން ފަށާފައިވާ ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމާއި އިންޑިއާގެ ޕްލާންޓްފޯރމަދަރ އިނީޝިއޭޓިވްގެ ދަށުން އިންދި ގަހެއް ކަމަށެވެ.
އިންޑިއާގެ ހާރިޖީ ވަޒީރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް ޑރ.މުހައްމަދު މުއިއްޒުއާ ބައްދަލު ކުރައްވާފައިވެއެވެ.
އަދި އިންޑިއާގެ އެގްޒިމް ބޭންކު 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގައި ގާއިމު ކުރި ފެނާ ނަރުދަމާގެ މަޝްރޫއުތައް ރަސްމީކޮށް ސަރުކާރާ ހަވާލު ކުރައްވާފައިވެއެވެ.


