މަޝްހޫރު ވިޔަފާރިވެރިޔާ މޫސާ މުހައްމަދުފުޅު (ހުވަނދުމާ މޫސާފުޅު) އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މޫސަ އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެ، އެ މަރުހޫމުގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ، އާއިލާއަށް ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި ދުއާ ކުރައްވާފައެވެ.

މޫސާ މުހައްމަދުފުޅުގެ މޫނު ދެއްކުން ކުރިއަށް ދަނީ ހެނދުނު 8 ފެށިގެން އިސްލާމީ މަރުކަޒުގައެވެ.

ރައީސް ވަނީ މައްޔިތާގެ މޫނު ދެކެވަޑައިގަތުމަށް އިސްލާމީ މަރުކަޒަށް ވަޑައިގެންފައެވެ.

ތަޖުރިބާކާރު ވިޔަފާރިވެރީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މޫސާ އަކީ ހުދުމާ ފިހާރައިގެ ވެރިޔާއެވެ.