ބޭނުންވާ ތަކެތި:

1 ¾ ޖޯޑު ފުށް

½ ސަމްސާ ބޭކިން ޕައުޑަ

އަންސޯލްޓެޑް ބަޓަރ (250 ގްރާމް)

އެއް ޖޯޑު ހަކުރު

5 ބިސް

1 ދޮން ލުނބޯގެ ތޮށި (ގާނާފައި)

¼ ޖޯޑު ކިރު

1 ސަމްސާ ވެނީލާ އެސެންސް

2 ސަމްސާ ލެމަން ޖޫސް

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ އަންސޯލްޓެޑް ބަޓަރާއި ހަކުރު މިކްސްޗަރުން ރަނގަޅަށް މިކްސް ކުރާށެވެ. އެއަށްފަހުގައި، ބިސް އަޅާލުމަށްފަހު ގިރައިލާށެވެ. ދެން ފުށް އަޅާމުން ގިރަމުން ގެންދާށެވެ.

ދެން ގާނާފައި ހުރި ލުބޯ ތޮށި، ކިރު، ވެނިލާ އެސެންސް، ބޭކިން ޕައުޑަރ އަދި ލެމަން ޖޫސް އަޅާލުމަށްފަހު ރަނގަޅަށް ގިރައިލާށެވެ. ދެން ޓްރޭއަކަށް އަޅައިލުމަށްފަހު ކޭކް ރަނގަޅަށް ފިހެލާށެވެ.