ވިޔަފާރީގެ ބޭނުމަށް ބިން ކުއްޔަށް ދޫކުރަމުން ދަނީ ކުންފުނިން އަބަދުވެސް އަމަލު ކުރަމުން އަންނަ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ޕްރޮސެސްގެ ތެރެއިން ކަމަށް ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފިއެވެ.
އެ ކޯޕަރޭޝަނުން މިގޮތަށް ބުނީ، ސިނާއީ ބޭނުންތަކަށް ތިލަފުށިން ބިން ކުއްޔަށް ދޭން އެޗްޑީސީން ހުޅުވައިލީ، ސަރުކާރުން ބޭނުންވި ބަޔަކަށް އަގުހެޔޮކޮށް ބިންތަކެއް ދިނުމަށް ފަހުކަމަށް ބައެއް މީޑިއާތަކުން ޚަބަރު ފަތުރާފައިވާ ދަނޑިވަޅެއްގައެވެ.
އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ، ވިޔަފާރީގެ ބޭނުމަށް ބިން ކުއްޔަށް ދޫކުރަމުން ދަނީ ކުންފުނިން އަބަދުވެސް އަމަލު ކުރަމުން އަންނަ އެ އުސޫލުގެ ތެރެއިން ކަމަށެވެ.
އަދި އެ ޕްރޮސެސްގެ ތެރެއިން ހުރިހާ ވިޔަފާރިތަކަށް ފުރުސަތު ދިނުމުގެ ގޮތުން، އެކަމަށް ޝައުގުވެރިކަން ފާޅު ކުރާ ތަރުތީބުން ހުރިހާ ފަރާތްތަކަށްވެސް އެ ކުންފުނިން ބިން ކުއްޔަށް ދޫކުރަމުންދާ ކަަަމަށްވެސް ބުނެފައިވެއެެވެ.
އަދި ބިން ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވާ އަގުތަކަކީ އެ ކުންފުނީގެ ބޯޑުން އެންޑޯޒްކޮށްފައިވާ އަގުތަކެއް ކަމަށްވެސް އެޗްޑީސީން ބުނެއެވެ.

