ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މެޓް އޮފީހުން ވައިޓު އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން މި އެލާޓް ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ވ އަތޮޅާއި ހަމައަށް މިއަދުގެ 13:00 ގެ ނިޔަލަށެވެ.

އަދި އދ އަތޮޅުން ފެށިގެން ލ އަތޮޅަށް މިއަދުގެ 12:00 ގެ ނިޔަލަށެވެ.

އުތުރާއި މެދު ރާއްޖެ ތެރޭގެ ބައެއް ސަރަހައްދުތަކަށް ނެރުނު ވައިޓް އެލާޓުގައި ބުނެފައިވަނީ އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ވަނީ ލަފާކޮށްފައެވެ.

އަދި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ގަދަވެ ވިލާގަނޑުގައި 45 މޭލަށް ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އަދި އދ އިން ފެށިގެން ލ އަށް ނެރުނު ވައިޓް އެލާޓުގައި ވަނީ 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައެވެ.

ރާއްޖެއާށް މިހާރު ކުރަމުން އަންނަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ.