މި ހިނގާ އޮގަސްޓު މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އިސްރަށްވެހިންގެ ނާދީއިން އިސްރަށްވެހިންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތްތަކުގެ ކަލަންޑަރު އާންމުކޮށްފިއެވެ.
މި ހަރަކާތްތަކުގެ ތެރޭގައި 18 އޮގަސްޓް 2024 ވާ އާދިއްތަ ދުވަހުގެ ހެނދުނު 09:45-10:45 އަށް އިސްރަށްވެހިންނަށް ޚާއްސަ ”ވޯކް ވޯކް“ ކަސްރަތު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ގޯލްޑް ކަސްރަތު ޕްރޮގްރާމު 16:15 އިން 17:30 އަށް ބާއްވާފައިވާއިރު، އެ ދުވަހުގެ 16:15 އިން 17:30 އަށް މަދަހަ ކިޔުންވެސް ކުރިއަށް ގެންގޮސްފައިވެއެވެ.
މިއަދު ދީނީ މައުލޫމާތު ”ޒަކާތުގެ އެވެއަރނަސް“ ސެޝަނެއް ހަވީރު 16:15 އިން 18:00 އަށް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
20 އޮގަސްޓު ވާ އަންގާރަ ދުވަހު 16:15-18:00 އަށް މާޖަހަން ދަސްކޮށްދޭ ކްލާހުގެ އިތުރުން، 16:15-17:30 އަށް މަދަހަ ކިޔުން ކުރިއަށް ގެންދެވޭނެއެވެ.
އެއަށްފަހު، ހަފްތާގެ ބުދަ ދުވަހުގެ ހެނދުނު 9:45-10:45 އަށް އިސްރަށްވެހިންނަށް ޚާއްސަ ”ވޯކް ވޯކް“ ކަސްރަތު ޕްރޮގްރާމަކާއި، 16:15 އިން 17:30 އަށް ”ޑައިބެޓީސް“ މައުލޫމާތު ސެޝަނެއް އޮންނާނެއެވެ. އަދި އިސްރަށްވެހިންގެ ނާދީގެ ކްލަބް ހަފްތާ ސައި 17:30 އިން 18:00 އަށް ކުރިއަށް ގެންދެވޭނެއެވެ.
ހަފްތާގެ ހަރަކާތްތައް ނިންމާލުމުގެ ގޮތުން ބުރާސްފަތި ދުވަހުގެ 16:15 އިން 17:00އަށް، އިސްރަށްވެހިންގެ ނާދީގެ ކްލަބް ބައްދަލުވުން އޮންނާނެއެވެ. އަދި 17:00 އިން 18:00 އަށް ޅެންވެރިކަމުގެ ކްލާހެއްވެސް ކުރިއަށް ދާނެއެވެ.
މި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު 55 އަހަރުން މަތީގެ ކޮންމެ ބޭފުޅަކަށްވެސް އޮންނާނެއެވެ.
އެގޮތުން އިސްރަށްވެހިންގެ ނާދީއަށް ވަޑައިގެން މި ޕްރޮގްރާމުތަކުގައި ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވެވޭނެއެވެ. އަދި އިތުރު މައުލޫމާތު ސާފު ކުރުމަށް އިސްރަށްވެހިންގެ ނާދީގެ ނަންބަރު 3027586 ގުޅުއްވުމަށް އިސްރަށްވެހިންގެ ނާދީން ވަނީ އެދިފައެވެ.

