ވޭތުވެދިޔަ ނުވަ މަސް ދުވަހުގެ ތެރޭގައި އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ކައުންސެލިން ޑިޕާޓްމަންޓުން 139 ކްލައިންޓުންނަށް އެޓެންޑްވެ، 431 ސެޝަން ނަންގަވައިދެއްވައިފިއެވެ.

އެ ވުޒާރާއިން ބުނީ މި ސެޝަންތަކުގައި ކައުންސެލިން، ޕޭރެންޓިންގް، ސައިކޯސޯޝަލް ސަޕޯޓް، ހޯމް ވިޒިޓް އަދި އަތޮޅުތެރޭގެ ރަށްތަކުގެ ކޭސްތައް ހިމެނޭ ގޮތަށް އެކި ބާވަތުގެ ކޭސް ހިމެނޭ ކަމަށެވެ.

ކައުންސެލިންގެ ޖުމްލަ 275 ސެޝަން ވަނީ ނަގައިދީފައިވާއިރު، އެއީ އަންހެން 215 ކްލައިންޓުންނާއި 60 ފިރިހެނުން ކްލައިންޓުންނެވެ.

މީގެ އިތުރުން، ބެލެނިވެރިކަމުގެ (ޕޭރެންޓިންގް) ސެޝަންގެ 82 ސެޝަނާއި، ސައިކޮސޯޝަލް ސަޕޯޓްގެ 25 ސެޝަން ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެއާއެކު، ގޭގެއަށް ޒިޔާރަތްކޮށް ސައިކޮސޯޝަލް ސަޕޯޓް ފޯރުކޮށްދިނުމުގެ 32 ކޭހަކަށް ވަނީ އެޓެންޑްވެފައެވެ. އަދި އަތޮޅުތެރޭގެ ރަށްތަކުގެ 17 ކޭހަކަށް ވަނީ އެޓެންޑް ކޮށްފައެވެ.

މީގެ އިތުރުން، އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ ކައުންސެލިން ސެކްޝަނުން ވަނީ 19 ތަމްރީނު ޕްރޮގްރާމެއްވެސް ހިންގާފައެވެ.

 

އެ ވުޒާރާގެ ކައުންސެލިން ޑިޕާޓްމަންޓުގެ މައިގަނޑު މަސައްކަތަކީ ވުޒާރާއަށް ރިޕޯޓުކުރެވޭ ކޭސްތަކަށް ނަފްސާނީ އެހީތެރިކަމާއި ސައިކޮސޯޝަލް އެއްބާރުލުން ފޯރުކޮށްދިނުމެވެ.

އެއާއެކު، އާއިލާތަކުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ފޯރޮކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމެވެ.