ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމަށް މިދިޔަ ޖެނުއަރީމަހު ދިން ހަމަލާއާ ގުޅިގެން ހައްޔަރުކުރި ހަތް މީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފިއެވެ.

ޕީޖީ ޝަމީމަށް ބަޔަކު ހަމަލާދީފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ފަތިހުގެ ވަގުތެއްގައެވެ.

މި މައްސަލަ ފުލުހުން ތަހުގީގުކޮށްފައިވަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައެވެ.

އެގޮތުން މި މައްސަލައިގެ ތުހުމަތުގައި ފުލުހުން ވަނީ ހަތް މީހަކު ހައްޔަރުކޮށްފައެވެ.

ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރުމަށްފަހު މި މައްސަލައިގައި ހިމެނޭ ހަތް މީހުންގެ މައްޗަށް ދައުވާކުރުމަށް މިދިޔަ އާދީއްތަ ދުވަހު ޕީޖީ އޮފީހަށް ފޮނުއްވާފައިވާ ކަމަށެވެ.

މި މައްސަލާއާ ގުޅިގެން ހައްޔަރުކުރި ހަތް މީހުން ތިބީ މިހާރުވެސް ބަންދުގައިކަމަށް ވެސް ފުލުހުން ބުނެއެވެ.