މަސްވެރިން މަހަށް ފުރުވުމަށް ހިތްވަރު ދިނުމުގެ ގޮތުން ކޮންމެ މަސް ދޯންޏަކަށް ތިން ޓަނުގެ އައިސް ހިލޭ ދޫކުރަން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ނިންމައިފިއެވެ.
މިފްކޯއިން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ދޯނިތަކަށް އައިސް ދޫކުރާނީ އެ ކުންފުނީގެ އައިސް ޕްލާންޓުތަކުގައި މިހާރު ހުރި ސްޓޮކް ހުސްވަންދެން ކަމަށެެވެ.
”މަސްވެރިން މަހަށް ފުރުވުމަށް ހިތްވަރު ދިނުމުގެ ގޮތުން ސްޓޮކް ހުސްވަންދެން މާދަމާ، މިފްކޯގެ ހުރިހާ ސެންޓަރުތަކުންނާއި ތިނަދޫ އައިސް ޕްލާންޓުން ކޮންމެ ދޯންޏަކަށް ތިން ޓަނު އައިސް ހިލޭ ދޫކުުރުމަށް ވަނީ ނިންމާފަ އެވެ“
މިފްކޯ އިން ބުންޏެވެ.
އެ ކުންފުނިން ބުނީ މި އައިސް ދޫކުރުމަށް ހަމަޖެހިފައި ވަނީ މާދަމާގެ ނިޔަލަށް ކަމަށެވެ.
މިދޭތެރެއިން މަސްވެރިކަން ދަށްވި ނަމަވެސް، ހިނގަމުން މިދާ މަހުގެ ކުރީކޮޅުން ފެށިގެން މަސްވެރިކަން ރަނގަޅުވާން ވަނީ ފަށާފައެވެ.

