އެތައް ފިރިހެނުންނާއެކު އެއްޖިންސުން ގުޅުން ހިންގުމުގެ ހުތުރު އަމަލު ހިންގި ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރް ހަތްމަސް ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި އޭނާ ވަނީ ކުށަށް އިއުތިރާފްވެފައެވެ.

އާންމުންނަށް ސިއްރުން ކުރިއަށް ގެންދިޔަ އެ އަޑުއެހުމުގައި މައްސަލަ ބެއްލެވި ގާޒީ އަލީ އާދަމް މިއަދު ހުކުމް ކުރެއްވީ އަލަމްގީރު ހަތް މަހާއި ހަތް ދުވަހަށް ޖަލަށްލުމަށް ފަހު ތައުބާ ލައިދިނުމަށެވެ.

އަލަމްގީރް ހައްޔަރު ކުރީ މިދިޔަ ޖުލައިމަހުގެ 12 ވަނަ ދުވަހުއެވެ. އޭނާ ފުލުހުންނަށް ދިން ބަޔާން ލީކުވެފައިވާއިރު، އެބަޔާނުގައި ބުނެފައިވާ ގޮތުގައި، އޭނާ އެއްޖިންސުން ގުޅުން ހިންގި މީހުންގެ އަދަދު 50އަަށްވުރެ އިތުރުވާނެއެވެ.

އަލަމްގީރް ބުނީ އޭނާ އެމީީހުންނާއެކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ވީޑިއޯ ކުރީ ބްލެކްމެއިލް ކުރަން ނޫން ކަމަށެވެ.