އިތުރު ދެ ރަށެއްގައި ޕޮލިސް ޕޯސްޓު ހުޅުވައި ހިދުމަތްދޭން ފަށައިފިއެވެ.
އިއްޔެ ޕޮލިސް ޕޯސްޓް ހުޅުވާފައި ވަނީ އއ. ބޮޑުފޮޅުދޫ އާއި އދ. މަންދޫގައެވެ.
އެ ދެ ރަށުގައި ވެސް ޕޮލިސް ޕޯސްޓް ހުޅުވައި ދެއްވީ ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުއެވެ.
ފުލުހުން ބުނީ އަމާޒަކީ ލާމަރުކަޒީކޮށް ރައްޔިތުންނާ ގާތުން ފުލުހުންގެ ހިދުމަތް ދިނުމަށް ކަމަށެވެ.
އަދި ފުލުހުންގެ ހިދުމަތް މިހާތަނަށް ގާއިމުވެފައި ނުވާ ރަށްރަށުގައި ފުލުހުންގެ ހިދުމަތް ގާއިމުކުރުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރަމުން އަންނަ ކަމަށެވެ.
އިތުރު ދެ ރަށެއްގައި ޕޮލިސް ޕޯސްޓް ހުޅުވި އިރު ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި 19 ރަށެއްގައި ޕޮލިސްޓް ޕޯސްޓް ހުޅުވާފައިވެއެވެ.

