ރައްކާތެރިނޫން ގޮތަށް ކާނާ ތައްޔާރުކުރާ ތަންތަން ރިޕޯޓްކުރާނެ ހާއްސަ ނަންބަރެއް ހެލްތު މިނިސްޓްރީންވެސް އާންމުކޮށްފިއެވެ.

ހެލްތު މިނިސްޓަރު ހަލީލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްކާތެރި ނޫން ކާނާ ތައްޔާރު ކުރާނަމަ، އާންމު ސިއްހަތަށް ނުރައްކާވާ ގޮތަށް އޮތް ވެއްޓެއް ނަމަ، އެ ނަންބަރުތަކަށް ފޮޓޯ އަދި ވީޑިއޯ ރިޕޯޓް ކުރުމަށް އެދޭ ކަމަށެވެ.

އެ ނަންބަރުތަކަކީ މޯލްޑިވްސް ފުޑް އެންޑް ޑްްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ނަންބަރު 7603204 އާއި ހެލްތް ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ)ގެ ނަންބަރު 7960121، 3024570 އެވެ.

އަމިއްލަ ފަރާތްތަކުން ފިހާރަތަކުގައާއި އެހެނިހެން ތަންތަނުގައި ވިއްކާ ކާބޯތަކެތި ކަނޑައަޅާާފައިވާ މިންގަނޑުތަކަށް ފެތޭތޯ ބަލަމުންދާ ކަމަށް އެމްއެފްޑީއޭގެ ވަނީ ބުނެފައެވެ.