‏މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން މިނިސްޓަރ މުޙައްމަދު އަމީން ރަސްމީ ދަތުރުފުޅެއްގައި މިއަދު ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނި ގޮތުގައި މިނިސްޓަރުގެ މި ދަތުރުފުޅަކީ ސައުދީ އަރަބިއްޔާގެ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ލޮޖިސްޓިކްސް ހިޒް އެކްސެލެންސީ ސާލިހު ބިން ނާސިރު އަލްޖަސިރާއި، އެ ގައުމުގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލްއޭވިއޭޝަންގެ ރައީސް ހިޒް އެކްސެލެންސީ އަބްދުލްއަޒީޒް އަލް ދުއައިލެޖްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މިދަތުރުގައި ދެ ގައުމު ދެމެދު އޮތް މަދަނީ ވައިގެދަތުރުފަތުރުގެ ގުޅުން އިތުރަށް ފުޅާކޮށް، ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ސަލާމަތާއި ރައްކާތެރިކަމާގުޅޭ ރެގިއުލޭޓަރީ ފްރޭމްވޯކްތައް ގާއިމުކުރުމާ މެދު މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ހާމަ ކުރެއެވެ.