އިޓަލީން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކަ އަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން އިޓަލީން މިހާތަނަށް 100،082 ފަތުރުވެރިން އައިސްފައި ވެއެވެ.

މި އަހަރު ފެށުނު ފަހުން ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ.

މިގޮތުން އޮގަސްޓް މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން އެކަނި ރާއްޖެއަށް 194،907 ފަތުރުވެެރިން އައިސްފައި ވެއެވެ.

ތަފާހިސާބުތައް ދައްކާގޮތުން އެ ލިސްޓުގެ ދެވަނައިގައި އޮތް ރަޝިޔާއިން 144،683 ފަތުރުވެރިން އައިސްފައިވެއެވެ. އެ ލިސްޓުގެ ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން 116،073 ފަތުރުވެރިން އައިސްފައި ވެއެވެ.

އެ ތަފާހިސާބުތައް ދައްކާގޮތުން މި މަހުގެ މިހާތަނަށް ރާއްޖެއަށް 157،139 ފަތުރުވެރިން އައިސްފައިވާއިރު، މިއީ މިދިޔަ އަހަރުގެ އޮގަސްޓް މަހާއި އަޅައި ކިޔާއިރު %14.4ގެ ކުރިއެެރުމެކެވެ.