ސްޓެލްކޯގެ ކޮންޓެކްޓް ސެންޓަރުގެ ހޮޓްލައިން ނަންބަރު ތައާރަފްކޮށްފިއެވެ.

އެ ކުންފުނިން މިއަދު މީސްމީޑިއާ މެދުވެރިކޮށް ކުރިއަށް ގެންދިޔަ ހަރަކާތެއްގައި ތައާރަފްކޮށްފައިވާ ހޮޓްލައިން ނަންބަރަކީ “1545”އެވެ.

މިއީ ރައްޔިތުންނާއި ގާތުން މަސައްކަތްކޮށް ފަސޭހަކަމާއިއެކު، ރައްޔިތުންނަށް ހިދުމަތް ދިނުމަށް ކުރަމުންދާ ކަންކަމުގެ ތެރެއިން ފެށިފައިވާ މަސައްކަތެއް ކަމަށް ސްޓެލްކޯއިން ބުނެއެވެ.

މި ހޮޓްލައިނަށް ކަރަންޓު ބިލްތަކާއި ގުޅުންހުރި ޝަކުވާތައް ހުށަހެޅޭނެއެވެ.

އަދި ސްޓެލްކޯއިން ފޯރުކޮށްދެމުންދާ ހުރިހާ ހިދުމަތަކާއި ގުޅުންހުރި މައުލޫމާތު ހޯދުމަށްވެސް މި ހޮޓްލައިން ބޭނުންކުރެވޭނެކަމަށް އެ ކުންފުނިން ބުނެއެވެ.

އަދި އެ ނޫންވެސް ކުންފުންޏާއި ގުޅުން ހުރި ކަންކަމުގައި ހޮޓްލައިން ނަންބަރު ބޭނުންކުރެވޭނެއެވެ.