ހުޅުމާލޭގައި ވެސް އިސްރަށްވެހިންގެ ނާދީ ހުޅުވުމަށް ތައްޔާރު ވެއްޖެއެވެ.
އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ މިނިސްޓަރު ޑރ އާއިޝަތު ޝިހާމް އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދު ވަނީ، އިއެ އިސްރަށްވެހިންގެ ނާދީގެ އެންމެ ފަހުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް އެ ތަނަށް ޒިޔާރަތްކުރައްވާފައެވެ.
ހުޅުމާލޭގައި އިސްރަށްވެހިންގެ ނާދީ ގާއިމްކުރެވިގެން ދަނީ އެޗްޑީސީގެ ވަރަށް ބޮޑު އެހީތެރިކަމާއެކުގައިކަން އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ފާހަގަކުރެއެވެ.
އެގޮތުން ތަން ޑިޒައިން ކުރުމާ ތަނުގެ އަމަލީ މަސައްކަތްކޮށްފައިވަނީ އެޗްޑީސީގެ ސީއެސްއާރުގެ ތެރެއިންކަން ފާހަގަކޮށް އެ ވުޒާރާއިން އެޗްޑީސީއަށް ވަރަށް ހަޒއްސަ ޝުކުރެއް އަދާކޮށްފައިވެއެވެ.

ވެރިރަށް މާލޭގައި އިސްރަށްވެހިންގެ ނާދީ ހުޅުވާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހުއެވެ.
ރާއްޖޭގެ އުތުރާއި ދެކުނުގައި އަދި މެދު ރާއްޖެތެރޭގައި، އިސް ރަސްވެހިންގެ ހިތްހަމަޖެހުމާއި އުފާވެރިކަން ޔަގީންކުރުމަށްޓަކައި ކަނޑައެޅޭ ތަފާތު ހިދުމަތްތަކެއް ހިމެނޭގޮތަށް މަރުކަޒުތަކެއް ގާއިމު ކުރުމަށް ސަރުކާރުގެ މެނިފެސްޓޯގައި ހިމަނާފައިވެއެވެ.
