ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 41 އަހަރުގެ ފިރިހެނަކާއި އުމުރުން 44 އަހަރުގެ ފިރިހެނެކެވެ.
އެއީ މެލޭޝިއާއަށް ނިސްބަތްވާ ދެ މީހުންނެވެ.
އެ ދެ މީހުންގެ މައްޗަށް ފުލުހުން ކޮށްފައިވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތެވެ.
އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ފަސް ދުވަހަށް ދެ މީހުން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
މި ދެ މީހުންގެތެރެއިން އެކަކަށް މެލޭޝިޔާ އެމްބަސީގެ މީހަކާ ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ކޯޓުން ދަންނަވާފައިވާކަން ކޯޓުން ނެރުނު އަމުރުގައި ބަޔާންކޮށްފައިވެއެވެ.

