ކ. ހުވަފެންފުށި ދެކުނުން ހިއްކާފައި އޮންނަ، ފަސްގަނޑަށް އިއްޔެ ދަތުރު ގޮސް އުޅުނު މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ގެއްލުނީ މާލެ، މ. އަސަރީހަނދާން، ތަސްލީމް މުޙައްމަދު (43އ) އެވެ.
ފުލުހުން ބުނީ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތްދަނީ ކުރަމުން ކަމަށެވެ.
”އޭނާ އެންމެފަހުން ފެނިފައި ވަނީ އިއްޔެ 10:00 އާއި 11:00 ހާއިރު ކަމަށް އޭނާއާއެކު ދަތުރުދިޔަ މީހުން މައުލޫމާތުދީފައިވޭ.“ ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އަދި އޮގަސްޓު 29 އަދި 30 (ބުރާސްފަތި / ހުކުރު) ދުވަހު މި ފަސްގަނޑަށް އެއްވެސް ބަޔަކު ދަތުރުގޮސްފައި ވާނަމަ އެކަން ހިންމަފުށި ޕޮލިސް ސްޓޭޝަންއަށް ގުޅުއްވައި ހިއްސާކުރުން އެދޭ ކަމަށެވެ.

