އަންހެނަކު ރަހީނުކޮށް ކަރުގައި ވަޅިޖައްސައި، މަރާލާނެކަމުގެ އިންޒާރުދިން އަތުހަރު ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

އުމުރުން 32 އަހަރުގެ ށ. މިލަންދޫ، އާދަމް އަތުހަރު ހައްޔަރު ކުރެވުނީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންހެނެއްގެ ކަރުގައި ވަޅިޖައްސައި ސައިކަލަށް އަރުވައިގެން ބިހުރޯޒް މިސްކިތް ކައިރިން ދާން އުޅެނިކޮށް ފުލުހުން ބާރުގެ ބޭނުންކޮށްގެންނެވެ.

މި މައްސަލައިގައި ހައްޔަރުކުރެވުނު އަތުހަރުގެ ބަންދާމެދު ގޮތެއް ނިންމަމުން، ކޯޓުން ނިންމީ އަތުހަރުގެ ޣައިރު ހާޒިރުގައި މައްސަލައިގެ ބަންދު އަމުރު ނެރޭށެވެ.

އެގޮތުން، އޭނާގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކާއި ހުށަހެޅިފައިވާ ހެކިތަކުގެ މައްޗަށް ރިއާޔަތްކޮށް ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.