ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ އިސް ފަރާތްތަކާ މިއަދު ބައްދަލު ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ރައީީސް އޮފީހުން މިއަދު އާއްމު ކުރެއްވި ވީޑިއޯއެއްގައި ރައީީސް މުއިއްޒު ވިދާޅުވީ އެ ބައްދަލުވުމަށް އެމަނިކުފާނު ވަރަށް ބޮޑަށް އިންތިޒާރު ކުރައްވާ ކަމަށެވެ.

އަދި މަސްވެރިކަން ކުރިއެރުވުމުގައި ސަރުކާރުގެ މަސްވެރިންގެ އަޑު އަހައިގެން ކަންކަން ކުރުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، ކޮންމެ ސިނާއަތަކާ ގުޅޭކަންކަން ވެސް ސަރުކާރުން ކުރަން ބޭނުންވަނީ އެ ސިނާއަތެއްގައި މަސައްކަތް ކުރާ ފަރާތްތަކުގެ އަޑު އަހައިގެން ކަމަށެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ އަޑު އަހައި ސަރުކާރުން ދާދި ފަހުން ވަނީ ލޭނުގެ މަސްވެރިކަމަށް ހުޅުވައިނުލާން ނިންމަވައިފައެވެ.

އެގޮތަށް ސަރުކާރުން ނިންމެވީ މަސްވެރިންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ފަހުގައެވެ.