ޑްރަގްކޯޓުން ވައްކަން ކުރި މީހެއް ވަނަވަރު އާންމުކޮށް، ބަންދަށް 15 ދުވަސް މިއަދު ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.
މިކަމާ ގުޅިގެން ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ވަނީ، އެ ކޯޓުން ވައްކަން ކުރި މައްސަލައެއް މިދިޔަ އަންގާރަ ދުވަހު ރިޕޯޓު ކުރިކަމަށެވެ.
އަދި އެ މައްސަލައިގައި އުމުރުން 32 އަހަރުގެ ސ. ހިތަދޫ ދެކުލައަރާގެ މުހައްމަދު އަސްލަމް މިދިޔަ ހޮނިހިރު ދުވަހު ހައްޔަރު ކުރިކަމަށް ފުލުހުން ބުންޏެވެ.
ޑްރަގް ކޯޓުން ވައްކަން ކުރުމުގެ މައްސަލަތައް މީގެ ކުރިން ވެސް ވަނީ ފެންމަތިވެފައެވެ. މިފަދަ މައްސަލަތަކުގައި ހައްޔަރުކުރާ މީހުންގެ ވަނަވަރު އާންމުކުރަން ފުލުހުން މިހާރު ވަނީ ފަށާފައެވެ.

