ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއާ ބައްދަލު ކުރައްވައިފައިނުވާނެ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް ޔާމީންގެ ސިޔާސީ ޕާޓީ ޕީއެންއެފުން ވަނީ، އަދީބާ ރައީސް މުއިއްޒު ބައްދަލުކުރެއްވި ކަމަށް ތުހުމަތު ކޮށްފައެވެ.
އަދީބު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 2015 ވަނަ އަހަރު އޭނާ ހުރަގޭގައި އޮއްވާ، އެމްޔޫއޯ ކިޔާ ހަރަކާތް އުފައްދާ އޭގެ އެޑްވައިޒަރަކަށް އޭނާ ލައިގެން އެ ހަރަކާތުގެ ރައީސްއަކަށް މުހައްމަދު މަލީހު ޖަމާލު ހުންނަވައިގެން ޔާމީނުގެ ވެރިކަން ވައްޓާލި ކަމަށެވެ.
”އަޅުގަނޑު ރައީސް ޑރ. މުއިއްޒަކާއި ބައްދަލެއް ނުކުރަން. ސިޔާސީ ގޮތުން ތިމާގެ ނަފްސު މަޝްހޫރު ކުރުވުމަށް އަޅުގަނޑުގެ ނަން ބޭނުން ނުކުރެއްވުން އެދެން.“ އަދީބު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ދާދި ފަހުން ސަންގު ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، އެކީގައި ކެބިނެޓްގައި މަސައްކަތް ކުރެއްވި ނަމަވެސް އަދީބަކީ ގާތްކޮށް އުޅުނު މިނިސްޓަރެއް ނޫން ކަމަށާއި އަދީބާއި ދެމެދު އޮންނަނީ ޕްރޮފެޝަނަލް ގުޅުމެއް ކަމަށެވެ.
ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ އެއްވެސް އިރަކު އަދީބު އަތުން އަދި އެހެން މީހެއް އަތުންވެސް ފައިސާ ހޯދާފައި ނުވާނެ ކަމަށެވެ.

