މާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސް ކަމަށް އައިޖީއެމްއެޗްއިން ބުނެފިއެވެ.

މާލޭގައި ރޭ މި އެކްސިޑެންޓް ހިނގާފައިވަނީ ބޮޑުތަކުރުފާނު މަގާއި ކޮއިމަލާ ހިނގުން ގުޅޭ ކަންމަތީގައި ސައިކަލަކާއި ކާރެއް ޖެހިގެންނެވެ.
ފުލުހުން ބުނިގޮތުގައި މި ހާދިސާ ހިނގި ކަމުގެ ރިޕޯޓް ލިބުނީ ރޭ 12:53 ގައެވެ.

އެކްސިޑެންޓްގައި ކާރަށާއި ސައިކަލަށް އެކިވަރުގެ ގެއްލުން ވެފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗުގެ އައިސީޔޫގައި ވެންޓިލޭޓަރުގައެވެ.