މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އަލިފާން ރޯވީ މއ.އޮލިވީނާގޭގެ ތިން ވަނަ ފަންގިފިލާގައި ހުރި ޔޫރޯ ސްޓޯރު ގުދަނުގައި ކަރަންޓްބޯޑެއްގައި ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
އެމްއެންޑީއެފް އިން ބުނީ، އަލިފާން މިހާރު ނިއްވާލެވިފައިވާ ކަމަށެވެ.
އަދި މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައިނުވާ ކަމަށް ވެސް މައުލޫމާތުދެއެވެ.

