އަންހެނެއްގެ ކަރުގައި ވަޅި ޖައްސައިގެން ބިރު ދެއްކި މައްސަލާގައި ހައްޔަރުކޮށްފައި ވަނިކޮށް އަމިއްލަ އަށް މަރުވި އާދަމް އަތުހަރުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވައިފިއެވެ.

އަތުހަރު މަރުވީ ދަންޖެހެން މަސައްކަތް ކުރުމުން އައިޖީއެމްއެޗްއަށް ގެންގޮސް ވެންޓިލޭޓަރުގައި ފަރުވާ ދެމުންދަނިކޮށެވެ. ސެޕްޓެމްބަރު

ފުލުހުން މިއަދު ބުނީ އަތުހަރުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މިއަދު ހެނދުނު ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށެވެ.

އަދި މާދަމާ ޕޯސްޓްމޯޓަމް ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ށ. މިލަންދޫ އަށް ނިސްބަތްވާ 32 އަހަރުގެ އަތުހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި އޭނާގެ ލޯބިވެރިޔާގެ ކަރުގައި ވަޅި ޖައްސައި ބިރު ދައްކައިގެން ފިލަން މަސައްކަތް ކުރަނިކޮށެވެ.