ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ރޭ ދަންވަރު ދިޔަ ސްޕޯޓްސް ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓާ ގުޅިގެން އެ ކާރު ދުއްވަން އިން މީހާގެ ވަނަވަރު ފުލުހުން މިއަދު ހާމަކޮށްފިއެވެ.
ރޭ ދަންވަރު 2:48 ހާއިރު ހިނގި އެ އެކްސިޑެންޓް ހިނގި އިރު ކާރު ދުއްވަން އިނީ، ސ. ހިތަދޫ، ވައިލެޓްފެހި، މުޙައްމަދު ވިސާމް ސިދުގީއެވެ.
އޭނާގެ އުމުރަކީ 26 ކަމަށް ފުލުހުން ހާމަކުރިއެވެ.
ކާރު ދުއްވުމުގެ ލައިސެންސް ނެތް އެމީހާ ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ.
ރޭ ހިނގި އެ އެކްސިޑެންޓާއި ގުޅިގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް، ކަރެކްޝަންސްގެ މުވައްޒަފު، ސަމާހު ވަނީ ނިޔާވެފައެވެ.
ސަމާހުގެ ޖަނާޒާ އޮންނާނީ މިއަދުގެ މަޣުރިބު ނަމާދަށް ފަހުގައި ހުޅުމާލެ ސަހަރާގައެވެ.

