އުރީދޫ މޯލްޑިވްސްއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް ”އުރީދޫ މަސްރޭސް 2024“ ޅ. ނައިފަރުގެ ޗެމްޕިއަންކަން ޓީމް ހުސްބުޅި ހޯދައިފިއެވެ.
އުރީދޫ މޯލްޑިވްސްގެ 19 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރުގެ މަސްރޭސް ވަނީ އިތުރަށް ކުލަގަދަކޮށް ކ. ހިންމަފުށި، ގދ. ތިނަދޫ އަދި ނައިފަރުގައި ކުރިއަށް ގެންގޮސްފައެވެ.
ނައިފަރުން މަސްރޭހަށް ރެޖިސްޓަރ ކުރި 18 ޓީމާއެކު ނައިފަރުގައި މި މުބާރާތް ކުރިއަށްގެންގޮސްފައިވަނީ 6 ސެޕްޓެމްބަރ 2024 ވީ ހުކުރު ދުވަހުއެވެ.
ޓީމްތަކުގެ މެދުގައި ވާދަވެރި މަސްވެރިކަމަކަށް ފަހު، ޗެމްޕިއަން ޓީމަށާއި އެހެނިހެން ވަނަތައް ހޯދި ޓިމުތަކަށާއި މަސްވެރިންނަށް ވަނީ ހާއްސަ ގިނަ އެވޯޑުތަކެއް ދީފައެވެ.
ނައިފަރުގައި ކުރިއަށްދިޔަ މަސްރޭހުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ހުސްބުޅި ޓީމެވެ. ހުސްބުޅި ޓީމުން 921.4 ޕޮއިންޓު ހޯދާފައިވެއެވެ. އަދި ދެވަނަ 698.45 ޕޮއިންޓާއިއެކު ޗިލް ބްރޯޒް ހޯދާފައިވާއިރު، ނައިފަރު މަސްރޭހުގެ ތިންވަނަ ހޯދާފައިވަނީ ކޮރަކަލި ޓީމެވެ. ކޮރަކަލި ޓީމުން 438.3 ޕޮއިންޓު ހޯދާފައިވެއެވެ.
މަސްރޭހުގެ އެންމެ ބަރުމަސް ބާނާފައިވަނީ ޓީމް އަލިފަސްގެ މުހައްމަދު ނަޝީދުއެވެ. މުހައްމަދު ނަޝީދު ބާނާފައިވަނީ 9.4 ކިލޯގެ މުޑަ ހަނދިއެކެވެ. މި މަސްރޭހުގެ އެންމެ މޮޅު ފިރިހެން ކެޔޮޅަކަށް ހޮވިފައިވަނީ ޗިލް ބްރޯޒްގެ އަލީ އަބްދުﷲއެވެ. އަލީ އަބްދުﷲ 24 މަސް ބާނާފައިވެއެވެ. އަދި އެންމެ މޮޅު އަންހެން ކެޔޮޅަކަށް ހޮވިފައިވަނީ ޓީމު ކޮރަކަލިީގެ ޖަވާދާ އަހުމަދުއެވެ. ޖަވާދާ 15 މަސް ބާނާފައިވެއެވެ.
އުރީދޫ މޯލްޑިވްސް ޓީމުން އަދި މަސްރޭސްގެ ޕާރޓްނަރުންގެ ފަރާތުން ޅ. ނައިފަރުގައި ކުރިއަށް ދިޔަ މަސްރޭހުން ވަނަތައް ހޯދި ފަރާތްތަކަށް ވަރަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ.
އުރީދޫ މަސްރޭހުގައި ޖުމްލަ 126،000 ރުފިޔާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ:
• އެއްވަނަ ޓީމް: 25،000 ރުފިޔާ
• ދެ ވަނަ ޓީމް: 10،000 ރުފިޔާ
• 3 ވަނަ ޓީމް: 5000 ރުފިޔާ
• އެންމެ މޮޅު މަސްވެރިޔާ: 1000 ރުފިޔާ
• އެންމެ މޮޅު ފިޝަރވުމަން: 1000 ރުފިޔާ
އުރީދޫ މަސްރޭސް 2024 ގައި ސަރުކާރުގެ މުއައްސަސާތަކާއި ކޯޕަރޭޓްތަކާއި އާންމުންނަށް ބައިވެރިވެވޭނެއެވެ.
އުރީދޫ މަސްރޭސް އަކީ މަސްވެރިކަމުގެ އުފާވެރިކަމުގެ ތެރެއިން އެއްބައިވަންތަކަމުގެ ރޫހު އާލާކުރުވާ އަދި މުޖުތަމައުތަކުގެ ހިތްތަކުން ޖާގަ ހޯދާފައިވާ ހަރަކާތެކެވެ.

