އިންސާނުންނަށް ދެއްވާފައިވާ ގުނަވަންތަކަކީ ނިއުމަތެއް ކަމަށާއި ދުވެލިމަޑުކޮށް މަގުމަތީގެ ރައްކާތެރިކަމާމެދު ޒުވާނުން ރައްކާތެރިވުމަށް އިސްލާމިކް މިނިސްޓަރު ޑރ ޝަހީމް އަލީ ސައީދު ގޮވާލައްވައިފިއެވެ.

މިނިސްޓަރު މިކަމަށް ގޮވައިލެއްވީ މިފަހުން ނުރައްކާތެރި ގިނަ އެކްސިޑެންޓްތަކެއް ހިނގައި އެ އެކްސިޑެންތަކުގައި ދެ ޒުވާނަކު ނިޔާވުމާއި ގުޅިގެންނެވެ.

އެގޮތުން މިނިސްޓަރު ޝަހީމް ވިދާޅުވީ ފުރާނައަކީ ވަރަށް އަގުހުރި އެއްޗެއްކަމަށާއި ޓްރެފިކަށް ހެދިފައި ހުރި ގަވާއިދުތަކަށް ބޯލަނބައި ތަބާ އިލްތިމާސްކުރައްވާ ކަމުގައެވެ.

މީގެ އިތުރުން އެކްސިޑެންޓް ތަކުގައި ޒުވާނުން ނިޔާވަމުންދާއިރު، ނިޔާވާ ފަރާތްތަކުގެ އާއިލާތަކަށް އެކަމުގެ ސަބަބުން ވަރަށް ބޮޑު ގެއްލުމެއް ލިބޭ ކަމުގައި ވިދާޅުވެފައިވެއެވެ.

މިދިޔަ ހަފްތާގެ ފަހުކޮޅު ހިނގައިދިޔަ އެކްސިޑެންޓުތަކުގައި އުމުރުން 23 އަހަރުގެ ޒުވާނަކާއި 21 އަހަރުގެ ޒުވާނަކު ވަނީ ނިޔާވެފައެވެ.

 

 

އޭގެ ތެރެއިން ބުދަ ދުވަހުގެ ރޭ ހުޅުމާލޭ ސެންޓަރލް ޕާކް ކައިރިން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ރޭސްކާރެއް ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓްގައި 23 އަހަރުގެ ޒުވާނަކު ވަނީ ނިޔާވެފައެވެ.