ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބިޔަރު ދަޅާއެކު ބިދޭސީއަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ އެ މީހާ އަތުލައިގަތީ ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ މިދިލިމަގުން ކަމަށެވެ.

އެ މީހާ ދުއްވި ކާރު ހުއްޓުވައި ބަލައިފާސްކުރިއިރު، 144 ދަޅު ބިޔަރާ އަދި ހަތަރު ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އެމްޑީ ކާލޫ (26އ) އެވެ. މި މީހާއަކީ ބަންގްލަދޭޝް މީހެކެވެ.

ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ގެންދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.