މާލޭ ގެއަކުން އިލެކްޓްރޯނިކް ސާމާނުތަކެއް ވަގަށް ނެގި މައްސަލައެއްގައި ކޯޓު އަމުރުގެ ދަށުން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، އާދިއްތަ ދުވަހުގެރޭ ހެންވޭރު ގެއަކުން ވައްކަންކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ ލ. މާވަށް / ޖަމީލާ މަންޒިލް އާދަމް ހުސައިން ކަމަށެވެ. އޭނާގެ އުމުރުން 48 އަހަރެވެ.
ފުލުހުން ބުނީ އޭނާ އެގެއިން ވައްކަން ކުރި މައްސަލައާ ގުޅިގެން ދެ ތަނެއް ބަލައިފާސްކޮށް، އެ ގެއިން ވަގަށް ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ ކަރަންޓު ބުރުމާ ތަކަކާއި މުށި ކަފާ މެޝިންތަކަކާއި، ލޮއިނަރުތަކެއްގެ އިތުރުން ކަރަންޓު ވައިރުކުރާ ނަރުތަކެއް ހޯދާފައިވާ ކަމަށެވެ.
ފުލުހުން ދަނީ އެ މައްސަލަ ބަލަމުންނެވެ.

