ދިވެހި ގައުމު ހިންގުމުގެ ޑިމޮކްރެޓިކް ނިޒާމް ބިނާ ކުރަންވާނީ، އިސްލާމްދީނާއި، ދިވެހި ރައްޔިތުން ގަބޫލުކުރާ ހަމަތަކާއި، ދިވެހިވަންތަ އާދަކާދަތަކުގެ މައްޗަށް ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ، ބައިނަލްއަގްވާމީ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވެވި މެސެޖުގައެވެ.

ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު 15 ވަނަ ދުވަހަކީ ދުނިޔޭގެ ޑިމޮކްރަސީ ދުވަހެވެ.

އދ ގެ އާއްމު މަޖިލީހުގެ ގަރާރަކުން އެގޮތަށް ފާސްކޮށްގެން 2007 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އެންމެހައި ކަންކޮޅުތަކުގައި މިދުވަސް އަންނަނީ ފާހަގަ ކުރަމުންނެވެ.

މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަގްސަދަކީ ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތަކާ މެދު މީހުން ހޭލުންތެރިކޮށް ޕްރޮމޯޓުކުރުމާއި ނެގެހެއްޓުމެވެ.