މި މަހުގެ ނުވަ ވަނަ ދުވަހު އަލިފާނުގެ ހާދިސާ ހިނގި ހ.ދޫހިމެރިގެ ތަޅާލައި، އެތަން ސާފުކުރުމަށްފަހު އެ ގެ ހުންނަ ދޫހިމެރި މަގު އަލުން ހުޅުވާލައިފިއެވެ.
އަލިފާނުގެ ހާދިސާއާއި ގުޅިގެން އެމަގު މިހާތަނަށް އޮތީ ބަންދުކޮށްފައެވެ.
އަލިފާނުގެ ހާދިސާ ހިނގިގެ ތަޅާލައި، ސާފު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔައީ ލޯކަލް ގަވަމަންޓް މިނިސްޓްރީންނެވެ.
އަލިފާނުގެ ހާދިސާގައި ދޫހިމެރިގޭގެ އިމާރާތް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައިފައެވެ.
ށްގެންދިޔައީ އެ ވުޒާރާގެ ޢާންމު މަސައްކަތްތަކާބެހޭ ޑިޕާޓްމަންޓުންނެވެ.
ދޫހިމެރިގޭގެ އިތުރުން އެގެއާއި އިންވެގެން ހުރި ދެ ފަންގިފިލާގެ އިމާރާތަށްވެސް އަލިފާނުގެ އަސަރުކޮށް ގެއްލުންވިއެވެ.
މުޅިން އަނދާ ހުލިވި ދޫހިމެރިގޭގައި ދިރިއުޅުނު 15 ބިދޭސީންނަށް 7 ދުވަހުގެ ވަގުތީ ބޯހިޔާވަހިކަން ވަނީ ދީފައެވެ.
މި ހާދިސާގައި ދެ ބިދޭސީއަކަށް ދުމުގެ އަސަރުކޮށްގެން ހޮސްޕިޓަލުގައި ފަރުވާ ދީފައިވެއެވެ.

