ފެނަކައިގެ އާ ޗެއަރމަނަކަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމް އައްޔަނު ކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން މިއަދު ވަނީ ފެނަކައިގެ ޗެއާމަންގެ މަގާމަށް ޝިމާދު އައްޔަންކޮށްފައެވެ. އަދި، އެސްޓީއޯގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) މުހައްމަދު ނިޒާމާއި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު މާޒިން ވެސް މިއަދު ވަނީ ފެނަކަ ބޯޑަށް އައްޔަންކޮށްފައެވެ.
ފެނަކަ ކޯޕަރޭޝަނުން ވަނީ އެ ކުންފުނީގެ ޗެއާމަނަކަށް ޝިމާދު އައްޔަނި ކުރެއްވިކަން އިއުލާނުކޮށް، މަރުހަބާ ކިޔާފައެވެ.
ފެނަކައަކީ އެސްޓީއޯގެ 100 އިންސައްތަ ހިއްސާވާ ކުންފުންޏަކަށް ބަދަލުކުރުމަށް ވަޒީރުންގެ މަޖިލިހުގެ ލަފާފުޅާ އެކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވައިފައެވެ.
މި ނިންމުމާއެކު އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުންޏަކަށް އަންނަ އަހަރުން ފެށިގެން ފެނަކަ ބަދަލުވެގެން ދާނެއެވެ.

