ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަނެއްގެ ތެރެއިން މާލޭގެ ފަސް ގެއެއް ބަލައި ފާސްކޮށް، ތިން ބިދޭސީއަކު ހައްޔަރު ކޮށްފިއެވެ.
އިމިގްރޭޝަނުން ބުނީ، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބެލުމެއް ނެތި، ބިދޭސީން ދިރިއުޅެމުން އަންނަ ތަންތަން ބަލައި ފާސްކުރުމަށް ހިންގަމުންދާ އޮޕަރޭޝަނުގެ ތެރެއިން އެމީހުން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
އެގޮތުން ފަސް ގެއެއް ބަލައި، ތިން ބިދޭސީން ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
އިއްޔެ ހިންގި މި އޮޕަރޭޝަނުގައި ތިން ބިދޭސީން ހައްޔަރު ކޮށްފައިވާއިރު، މިމަހުގެ 12 ވަނަ ދުވަހު ވެސް ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ފަސް ގެއެއް ބަލައި، ފަސް ބިދޭސީން ހައްޔަރު ކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

