ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އޮތް ޙާލު ބޮޑު ބަލި މީހަކަށް ބީ ނެގެޓިވް ލޭ ވަރަށް އަވަހަށް ބޭނުންވެއްޖެއެވެ.
އެ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން އަންނަ އާދަމް މޫސާއަށް ބީ ނެގެޓިވް ލޭ ހަދިޔާ ކުރާނެ 06 ޑޯނަރުން ބޭނުންވެއެވެ.
އިތުރު މައުލޫމާތު؛ 7981809/ 9381142
ލޭ ހަދިޔާކުރުމަކީ އިންސާނެއްގެ ފުރާނަ ސަލާމަތްކުރުމަށް ކުރެވޭ ވަރަށް މުހިންމު ކަމެކެވެ. މިއީ މަތިވެރިވެގެންވާ ސަދަގާތެކެވެ.
ގަވާއިދުން ލޭ ހަދިޔާ ކުރުމަކީ ލޭގެ ޕްރެޝަރު ދަށްވުމާއި ހާޓް އެޓޭކް ޖެހުމުގެ ފުރުސަތު ކުޑަވުމާ ގުޅުން ހުރި ކަމެކެވެ.
އަދި މިއީ ކާޑިއޯ ވެސްކިއުލަރ ރިސްކް ފެކްޓަރސް ކުޑަކުރުމަށް އެހީތެރިވެދޭ ކަމެކެވެ.

