ގއ.ވިލިނގިލީގައި އައިޑީ ކާޑު ޕްރިންޓު ކުރެވޭ ގޮތް ހަދައިފިއެވެ.

ހޯމް މިނިސްޓްރީން ބުނީ އެ ހިދުމަތް ރަސްމީކޮށް ފެށީ ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި ކަމަށެވެ.

މިއީ އަތޮޅު ތެރޭގައި އައިޑީކާޑު ޕްރިންްޓްކުރެވޭ ގޮތަށް ހެދި ފުރަތަމަ ރަށެވެ.

އޭގެ ކުރިން އައިޑީ ކާޑު ޕްރިންޓްކުރުމުގެ ހިދުމަތް ދެނީ ހަމައެކަނި މާލެއިންނެވެ.

މިހާރު ރާއްޖޭގެ ކޮންމެ ސަރަަހައްދެއްގައި ހުރެގެންވެސް ޑިޕާޓްމަންޓް އޮފް ނެޝެނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގެ ޕޯޓަލް މެދުވެރިކޮށް އައިޑީ ކާޑު ހަދަން ހުށަހެޅޭކަން ފާހަގަކޮށްލެވެއެވެ.

އަދި ރަށު ކައުންސިލްތައް މެދިވެރިކޮށް ކޮންމެ ރަށަކުން ވެސް އެ ކާޑުތައް ނެގޭނެއެވެ.