ބިދޭސީއެއްގެ ފޯނު ފޭރުނު މައްސަލައެއްގައި މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، ރޭ 23:43 ގައި ފުލުހުން ޗާނދަނީ މަގަށް ގޮސްފައިވަނީ އެ ސަރަހައްދުން ބިދޭސީއެއްގެ ފޯނު ފޭރުނު މީހަކު ހިފަހައްޓާފައިހުރި ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަމަށެވެ.

އަދި އާންމުންގެ އެހީތެރިކަމާއި އެކީ އެމީހާ ހައްޔަރުކޮށް ފޯނު، ވެރިފަރާތާއި ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އެ މައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައިވަނީ ލ. މާމެންދޫ، ރިހިވެލި، އަހުމަދު ނިޒާރު (31އ) ކަމަށެވެ.