ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ 30 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްލާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ގަވައިދާ ހިލާފުވެގެން ހިފަހައްޓާފައިވާ ބިދޭސީންގެ ތެރެއިން 30 މީހުން ޑީޕޯޓްކޮށްލާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގައި ކަމަށެވެ.

ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ބިދޭސީންވެސް ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެ އިދާރާއިން ވަނީ ނަސޭހަތްތެރިވެފައެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބީދޭސީން ހޯދަން ތަންތަން ބަލައިފާސްކުރަން ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގާ އޮޕަރޭޝަނުގެ ތެރެއިން އިއްޔެ އެކަނި ވެސް 09 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

އެމީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ޓާސްކު ފޯހަށް ލިބުނު މައުލޫމާތާ ގުޅިގެން ރޭގައި ހ.ކަޅުހުރާގެ ބަލާ ފާސްކުރުމުގެ ތެރެއިން ކަމަށެވެ.

އެ ގެ ބަލާ ފާސްކުރުމުގެ ތެރެއިން ވަޒީފާ ދިން ފަރާތައް ފިލައިގެން އުޅުނު 06 ބިދޭސީއަކުވެސް ހިމެނޭ ކަމަށް އިމިގްރޭޝަން އިން ބުންޏެވެ.